Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ހިތާނީ ސީޒަން އަންނަ މަހުގެ 27 ގައި ފަށަނީ

ބޮޑު ޗުއްޓީއާ ދިމާކޮށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) އިން ކުރިއަށް ގެންދާ ހިތާނުކުރުމުގެ ހަރަކާތް މި އަހަރު ވެސް ކުރިއަށް ގެންދާ ގޮތަށް ނިންމައިފިި އެވެ.

އެ ހޮސްޕިޓަލުން ބުނީ މި ފަހަރުގެ ހިތާނީ ސީޒަން ކުރިއަށް ދާނީ އަންނަ މަހުގެ 27 އިން ޖެނުއަރީ މަހުގެ 10 ވަނަ ދުވަހާ ހަމައަށެވެ. އެހެންވެ މި މުއްދަތުގެ ތެރޭގައި ދަރިން ހިތާނުކުރަން ބޭނުންވާ އާއިލާތަކަށް އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު މި މަހުގެ 22 ގައި ހުޅުވާލަން ވަނީ ނިންމައިފަ އެވެ.

އެޕޮއިންޓްމަންޓް ހަދަން ގުޅެން ޖެހޭ ނަމްބަރަކީ 6888672 އަށެވެ.

އެޗްއާރްއެޗުން ކުރިއަށް ގެންދާ ހިތާނީ ސީޒަނަކީ ކޮންމެ އަހަރަކު ވެސް ވަރަށް ފޯރީގައި ކުލަގަދަކޮށް ގެންދާ ހަރަކާތެކެވެ.