Last Updated: April 26, 23:59
Saturday, April 27, 2024
ޚަބަރު

އައްޑޫގައި ފޮޓޯގްރަފީ ވޯކްޝޮޕެއް ބާއްވަނީ

އަންނަ މަހު އައްޑޫގައި ބޭސިކް ފޮޓޯގްރަފީ ވޯކްޝޮޕެއް ބާއްވަން ނިންމައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އަންނަ މަހުގެ 9-11 އަށް ބާއްވާ މި ވޯކްޝޮޕަކީ ރާއްޖޭގެ މަޝްހޫރު އަދި ތަޖުރިބާކާރު ފޮޓޯގްރާފަރެއް ކަމަށްވާ މިލްޒީރޯ ނިޝާން ބާއްވާ ވޯކްޝޮޕެކެވެ.

މީގައި ބައިވެރިވާން ބޭނުންވާ މީހުންނަށް މިހާރު ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ. ބައިވެރިވާން 1،500ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ. ހިތަދޫގައި ބާއްވާ ވޯކްޝޮޕުން ފުރުސަތު ދޭނީ 15 މީހަކަށެވެ.

ވޯކްޝޮޕާ ބެހޭ އިތުރު މައުލޫމާތު ޝާފިއު ޖަމީލް (7976383) އަށް ގުޅައިގެން ހޯދޭނެ އެވެ. މިއީ އަލަށް ފޮޓޯ ނަގަން ޝައުގުވެރިވާ ޒުވާނުންނަށް ލިބިގެން ދާނެ ވަރަށް ހާއްސަ ފުރުސަތަކަށް ވާނެ އެވެ.