Last Updated: March 28, 13:11
Thursday, March 28, 2024
ޚަބަރު

ސަޕްލިމެންޓްރީ ބަޖެޓެއް މަޖިލީހަށް ހުށަހަޅަނީ

ދައުލަތުން ސަޕްލިމެންޓްރީ ބަޖެޓެއް އަންނަ ހަފްތާގައި މަޖްލިސްއަށް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރު ހިންގާ ޕީޕީއެމްއިން ބުނެފި އެވެ.

ޕީޕީއެމްގެ ނައިބް ލީޑަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވީ ދައުލަތުގެ ސަޕްލިމެންޓްރީ ބަޖެޓް އަންނަ ހަފްތާ ތެރޭ މަޖްލިސްއަށް ހުށަހަޅުއްވާނެކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް ރިޔާޒު ނުދެއްވައެވެ.

މިއީ ފަހުގެ ތާރީހެއްގައި ސަޕްލިމެންޓްރީ ބަޖެޓެއްގެ ވާހަކަ ސަރުކާރުން ދެއްކި ފުރަތަމަ ފަހަރެވެ. ފުރަތަމަ ސަރުކާރުން މިވާހަކަ ދެއްކީ މިއަހަރު ޖުލައި މަހު ތެރޭގައިއެވެ.

އަންނަ އަހަރަށް ސަރުކާރުން ކަނޑައަޅާ ދައުލަތުގެ ބަޖެޓް އަންނަ މަހު ކުރީ ކޮޅު މަޖްލިސްއަށް ހުށަހަޅާނެކަމަށް ރިޔާު ވިދާޅުވިއެވެ.