Last Updated: June 17, 12:00
Wednesday, June 17, 2026
ޚަބަރު

ހިތަދޫގައި އެކްސިޑެންޓެއް ހިނގައިފި

ހިތަދޫ ލިންކް ރޯޑުގައި މިރޭ އެކްސިޑެންޓެއް ހިނގައިފިއެވެ. މިއެކްސިޑެންޓު ހިނގާފައިވަނީ ހިތަދޫ އައިސް ޑިލައިޓު ރެސްޓޯރެންޓު ކުރިމަތިންނެވެ.

މަންޒަރު ދުށް ފަރާތަކުން "އައްޑޫލައިވް" އަށް މައުލޫމާތު ދީފައިވާ ގޮތުގައި މިއެކްސިޑެންޓު ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައި އައި ދެސައިކަލު ޖެހިގެންނެވެ.

އެކްސިޑެންޓުގައި ދެމީހަކަށް ވަނީ އެކިވަރުގެ އަނިޔާތަކެއް ލިބިފައެވެ. ނަމަވެސް ފެންނަ ފެނުމުން ސީރިއަސް އަނިޔާތަކެއް ވެފައިނުވާ ކަމަށް އެނގިފައިވެއެވެ.

މިހާދިސާއާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބޭ ގޮތެއް ވަނީ ނުވެފައެވެ.