ބަނޑޮސް އައިލެންޑް ރިސޯޓު ކައިރީގައި އޮތް ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ދޯނީގައި ރޯވެފައިވަނީ މިރޭ 9:20 އެހާކަށްހާއިރު ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ރޯވުމުން ދޯނީގައި ތިބި މީހުން ވަނީ ދޯނީގައި ތިބި އަލިފާންނިއްވުމަށް ބޭނުންކުރާ ފޯމު ޖަހައި އަލިފާންގަނޑު ނިއްވާލާފައެވެ.
ދޯނީގައި ރޯވުމަށް މެދުވެރިވެފައިވަނީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ސާފުވެފައެއް ނުވެއެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.
ދާދި ފަހުންވެސް މާލޭ ފަޅުތެރޭގައި އޮތް ދޯންޏެއްގައި ރޯވެ، ބޭނުންނުކުރެވޭ ވަރަށް ދޯނި ވަނީ އަނދައި ހުލިވެފައެވެ.