Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

މެޑަމް ފާތުން އައްޑޫގައި

ދެހާސް އަށާރައިގެ ރިޔާސީ އިންތިހާބަށް ރައީސް އަބްދުﷲ ޔާމީނަށް ކެމްޕޭންކޮށް ދެއްވުމަށް އެ މަނިކުފާންގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހީމްދީދީ މިރޭ އައްޑު އަށް ވަޑައިގެންފި އެވެ.

އެކަމަނާ އައްޑު އަށް ވަޑައިގެންނެވީ މިރޭ 8:00 އެހާ އިރު އެވެ. ގަން އެއާޕޯޓުން މެޑަމް ފާތުން އަށް އައްޑޫގެ ޕީޕީއެމްގެ ސަޕޯޓަރުން ހޫނު މަރުހަބާއެއް ކިޔާފައިވެ އެވެ.

މި މަހުގެ 19-23 އަށް މެޑަމް އައްޑު އަށް ކުރައްވާ ދަތުރުގައި ހޮނިހިރު ދުވަހުގެ ރޭ ހިތަދޫގައި ހާއްސަ ޖަލްސާއެއް ބާއްވާނެ އެވެ. އެ ޖަލްސާގައި މިނިސްޓަރުންނާއި މަޖިލީހުގެ މެމްބަރުން ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

އަދި ހޮނިހިރު ދުވަހު އައްޑޫގައި ކުޅޭ ގައުމީ 19 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމާއި އައްޑޫން ހޮވާލެވުނު ޓީމް ކުޅޭ މެޗްގެ ޝަރަފުވެރި މެހުމާނެއްގެ ގޮތުން ވެސް މެޑަމް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

އަދި ދަތުރުގެ ތެރޭގައި އިސްރަށްވެހިންނާއި ޒުވާނުންނާއި އަންހެން ކަނބަލުންނާ ވެސް މެޑަމް ބައްދަލު ކުރައްވާނެ އެވެ.