Last Updated: June 29, 06:08
Monday, June 29, 2026
މުނިފޫހިފިލުވުން

"ސްޓޫޑަންޓް އޮފް ދަ އިޔާ" އަށް ފަސް އަހަރު

މީގެ ފަސް އަހަރު ކުރިން މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަނުން ބޮލީވުޑް އަށް މުޅިން އާ ތިން ތަރިން ތަޢާރަފް ކުރި އެވެ.

އެގޮތުން ކަރަން ޖޯހަރް ވަނީ އޭނާގެ ހިޓް ފިލްމް "ސްޓޫޑެންޓް އޮފް ދަ އިޔާ" އިން އާލިއާ ބަޓް، ސިދާތް މަލޯތްރާ އަދި ވަރުން ދަވަން ފިލްމް އިންޑަސްޓްރީ އަށް ތަޢާރަފްކޮށްފަ އެވެ.

އޮކްޓޯބަރު 19، 2017 އަކީ އެ ތިން ތަރިންނާއި އެ ފިލްމް ލޯންޗް ކުރެވުނުތާ ފަސް އަހަރު ފުރުނު ދުވަހެވެ. އެ ދުވަސް ފާހަގަ ކުރުމަށްޓަކައި "ސްޓޫޑެންޓް އޮފް ދަ އިޔާ"ގެ ޓީމުން ވަނީ ދަރްމާ ޕްރޮޑަކްޝަންސްގެ އޮފީހުގައި ބައްދަލުކޮށް ކޭކެއް ފަޅާފައެވެ.

ދަރްމާ ޕްރޮޑަކްޝަންސްގެ ރަސްމީ ޓްވިޓާ ޕޭޖުން ވަނީ ކޭކުގެ ފޮޓޯއެއް ހިއްސާކޮށްފައެވެ.

ކަރަން ހުދު ކުލައިގެ ކުރުތާއެއް ލައިގެން ހުރިއިރު، ސިދާތް ލައިގެން ހުރީ ކަޅު ކުލައިގެ ކުރުތާ އެކެވެ. އަދި ވަރުން އޮރެންޖް ކުލައިގެ ކުރްތާއެއް ލައިގެން ހުރިއިރު، އާލިއާ ލައިގެން ހުރީ ރީނދޫ ކުލައިގެ ހެދުމެކެވެ.