Last Updated: March 29, 14:00
Friday, March 29, 2024
މުނިފޫހިފިލުވުން

ޝާހިދްގެ އާ ފިލްމަކީ "ބައްތީ ގުލް މީޓަރް ޗާލޫ"

އިންޑިއާގައި އެންމެ ކުލަގަދަކޮށް ފާހަގަ ކުރާ އެއް ފެސްޓިވަލް ކަމަށްވާ ދިވާލީގެ މުނާސަބަތާއި ގުޅިގެން ޝާހިދް ކަޕޫރް ވަނީ އޭނާގެ ކުރިއަށް އޮތް ފިލްމްގެ ނަން އިއުލާންކޮށްފަ އެވެ.

"ބައްތީ ގުލް މީޓަރް ޗާލޫ" ގެ ނަމުން ނަން ދީފައިވާ މި ފިލްމް ޑައިރެކްޓް ކުރަނީ 'ޓޮއިލެޓް: އޭކް ޕްރޭމް ކަތާ"ވެސް ޑައިރެކްޓް ކުރި ޝްރީ ނާރާޔަން ސިންގް އެވެ.

މި ފިލްމްގެ ނަން ޝާހިދް އިއުލާންކޮށްފައި ވަނީ އޭނާގެ ރަސްމީ ޓްވިޓާ އެކައުންޓް މެދުވެރިކޮށެވެ.

މި ފިލްމް ޕްރޮޑިއުސް ކުރަނީ ޓީ-ސީރީސް އާއި ކްރިއަރްޖް އެންޓަޓެއިންމެންޓް އިންނެވެ.

ޝާހިދް ދެން އެންމެ އަވަހަށް ފެނިގެންދާނީ ދީޕިކާ ޕާޑުކޯން އާއި ރަންވީރް ސިންގް އާއިއެކު ސަންޖޭ ލީލާ ބަންސާލީގެ ފިލްމް "ޕަދްމާވަތީ" އިންނެވެ.

"ޕަދްމާވަތީ" ރިލީޒް ކުރާނީ އަންނަ ޑިސެމްބަރު މަހުގެ 1 ގައެވެ.