Last Updated: June 29, 06:08
Monday, June 29, 2026
މުނިފޫހިފިލުވުން

"ދަ ޕަނިޝާ" އަންނަ މަހު ޕްރިމިއާ ކުރަނީ

މާވެލް އިން ޕްރޮޑިއުސްކޮށް ނެޓްފްލިކްސް އިން ދެއްކުމަށް ހަމަޖެހިފައިވާ ސީރީސް "ދަ ޕަނިޝާ"ގެ ރަސްމީ ޓްރެއިލާ ލޯންޗް ކުރުމާއިއެކު އެ ސީރީސް ޕްރިމިއާ ކުރާނެ ތާރީޚެއް ވެސް އިއުލާންކޮށްފި އެވެ.

ފްރޭންކް ކާސަލްގެ ރޯލުން ޖޮން ބާންތަލް ފެނިގެންދާނެ މި ސީރީސް ނެޓްފްލިކްސް އިން ޕްރިމިއާ ކުރުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރު 17 ގައެވެ.

ބާންތަލް ވަނީ ނެޓްފްލިކްސް އިން ދެއްކި "ޑެއާޑެވިލް" ސީރީސްގެ ދެވަނަ ސީޒަންގައި ވެސް ކާސަލް/ޕަނިޝާ ގެ ރޯލް އަދާކޮށްފަ އެވެ.

ބާންތަލްގެ އިތުރުން މި ސީރީސް އިން ފެނިގެންދާނެ ބައެއް ތަރިންގެ ތެރޭގައި އެބަން މޮސް-ބެކްރެކް އާއި އެމްބާ ރޯސް ރެވާ އަދި ބެން ބާންސް އާއި އޭން ވުލް ހިމެނެއެވެ.