Last Updated: June 29, 06:08
Monday, June 29, 2026
މުނިފޫހިފިލުވުން

ވެނެސާ އާއި ޖެނިފާ އެކުގައި ފިލްމެއް ކުޅެނީ

"ހައި ސްކޫލް މިއުޒިކަލް" އިން މަޝްހޫރުވެގެންދިޔަ އެކްޓްރެސް ވެނެސާ ހަޖެންސް އާއި ލަވަކިޔުންތެރިޔާ ޖެނިފާ ލޮޕެޒް އެކުގައި ފިލްމެއް ކުޅެން އުޅޭ ވާހަކަ މީޑިއާގައި ދެކެވެން ފަށައިފި އެވެ.

"ސެކަންޑް އެކްޓް" ނަމަކަށް ކިޔާ މި ރޮމޭންޓިކް ކޮމެޑީ ފިލްމް ޑައިރެކްޓް ކުރާނީ ޕީޓާ ސޭގަލް އެވެ. އެލެއިން ގޯލްޑްސްމިތް-ތޯމަސް އަދި ޖަސްޓިން ޒެކަމްގެ ޚިޔާލަކަށް ޖެނިފާ ލޮޕެޒް އާއި އެސްޓީއެކްސްފިލްމްސް އިން އުފައްދާ މި ފިލްމްގައި ޖެނިފާ އަދާކުރާނީ ބޮޑު ފިހާރައެއްގެ މުވައްޒަފެއްގެ ރޯލެވެ. އަދި ވެނެސާ ވެސް ކުޅެން ހަމަޖެހިފައި ވަނީ ފިހާރައެއްގެ ޒުވާން އެގްޒެކެޓިވް އެއްގެ ރޯލެވެ.

މި ފިލްމް ލިޔެފައި ވަނީ ޒެކަމް އާއި ގޯލްޑްސްމިތް-ތޯމަސް އެވެ.

ޖެނިފާ އާއި ވެނެސާގެ އިތުރުން މި ފިލްމުން ލިއާ ރޭމީނީ ވެސް ފެނިގެންދާނެ އެވެ.