Last Updated: June 20, 06:09
Saturday, June 20, 2026
ޚަބަރު

ގަމުގައި ކަތިވަޅިން ޒަހަމްކޮށްލި ޒުވާނާގެ ހާލު ރަނގަޅު

ލ. ގަމުގައި ރޭ ހިންގި ގްރޫޕް މާރާމާރީއެއްގައި ކަތިވަޅިން ހަމަލާދީ 19 އަހަރުގެ ޒުވާނަކު ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ.

ލ. ގަމު މުކުރިމަގު އަވަށުގައި ރޭ 9:00 ޖަހާއިރު ހިނގި މި މާރާމާރީގައި މޫނު ނިވާކޮށްގެން ތިބި ހަތަރު މީހަކު އައިސް ޒުވާނާގެ ބޮލަަށާއި ފައިގެ ފަލަމަސްގަނޑުގެ އިތުރުން ހަށިގަނޑުގެ އެތަން މިތަނަށް ވަނީ ހަމަލާ ދީފަ އެވެ.

އެ ޒުވާނާއަށް ގަމު ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ އިރު އޭނާގެ ހާލު އެހާ ސީރިއަސް ނޫން ކަމަށާއި ހާލު ރަނގަޅުވަމުން އަންނަ ކަމަށް އެނގިފައިވެ އެވެ.

މި މާރާމާރީއާ ގުޅިގެން މިހާރު އެކަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.