Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

ތެޔޮ ބޯޓެއް އަނދައި، ބިދޭސީއަކު ފިހިއްޖެ

ކެންދޫ ފަޅުތެރޭގައި އޮތް ބޯޓުގައި ރޯވެ އަނދަނީ. – ފޮޓޯ: ފޭސްބުކް

ބ. ކެންދޫއަށް ތެޔޮ ހިފައިގެން ދިޔަ ތެޔޮ ބޯޓެއް އެރަށު ފަޅުތެރޭގައި ރޯވެ އަނދައިފިއެވެ.

ކެންދޫ ކައުންސިލް މެމްބަރ އިބްރާހިމް އަބްދުއް ރަހްމާން ވިދާޅުވީ ތެޔޮ ބޯޓުގައި ރޯވީ މިއަދު ހެނދުނު 9:30 ހާއިރު ކަމަށެވެ. ހާދިސާ ހިނގާފައި ވަނީ ބޯޓުގެ ތެރެއަށް ޕެޓްރޯލް ޕަމްޕެއް ވެއްޓި ބޯޓުތެރެއަށް ޕެޓްރޯލް އެޅިގެން ކަމަށް މައުލޫމާތު ލިބެއެވެ.

މިހާދިސާގައި ބޯޓުގައި މަސައްކަތް ކުރާ ބަންގަލަދޭޝްގެ މީހަކު ވަރަށް ބޮޑަށް ފިހިގެން ދަނީ އެރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންނެވެ.

އަލިފާންގެ ހާދިސާ ހިނގުމާއި ގުޅިގެން ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ނިކުމެ ބަނދަރުގައި ފަޅުގައި އަޅާފައިވާ އެހެން ދޯނިތައް ސަލާމަތް ކޮށްފައެވެ. އަދި ރޯވި ތެޔޮ ބޯޓުވެސް ވަނީ ރަށުގެ ފަޅުން ބޭރުކޮށްފައެވެ.

މި ތެޔޮ ބޯޓަކީ އެރަށު "ނައީމް ފިހާރަ"އަށް ޕެޓްރޯލާއި ޑީސަލް ހިފައިގެން ދިޔަ ބޯޓެކެވެ.