Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ފިރިހެން ކުއްޖަކާ ބެހުނު ޑްރައިވަރަކު ހައްޔަރުކޮށްފި

މާލޭގެ މަގެއް މަތިން ނަގާފައިވާ ފޮޓޯއެއް، ފޮޓޯ: ސަން

ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައަކާ ގުޅިގެން މާލޭން ޓެކްސީ ޑްރައިވަރަކު ހައްޔަރުކޮށްފިއެ ވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން އެ މައްސަލައިގެ ތުހުމަތުގައި ޓެކްސީ ޑްރައިވަރަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޓެކްސީ ޑްރައިވަރު ކުޑަ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައި ވަނީ ޓެކްސީ ތެރޭގައެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ފަރާތްތަކާއި މެދު ހަރުކަށި އަދަބު ކަނޑައެޅިފައިވަ އިރު ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަ ދަނީ ގިނަވަމުންނެވެ.