Last Updated: April 20, 19:35
Saturday, April 20, 2024
ޚަބަރު

މެޑަމް މީދު އަށް ވަޑައިގަތުމުން އިހުތިޖާޖުކޮށްފި

ފާޠިމަތު އިބްރާހިމް މީދޫއަށް ޗަޑައިގަތުމުން ކަރަންޓް އަގު ހެޔޮ ކުރުމަށް ގޮވާލައި މުޒާހަރާ ކުރި ބައެއް ބައިވެރިން، ފޮޓޯ: ރާއްޖެއެމްވީ

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަބަލުން ފާޠިމަތު އިބްރާހިމް އައްޑޫއަށް ކުރައްވާ ދަތުރުފުޅުގައި މިއަދު މީދޫއަށް ވަޑައިގަތުމުން ކަރަންޓް އަގު ހެޔޮ ކުރުމަށް ގޮވާލައި ސުލްހަވެރި މުޒާހަރާއެއްކޮށްފިއެވެ.

މުޒާހަރާގެ ބައިވެރިން ގޮވާލާފައިވަނީ ކަރަންޓްގެ އަގު ހެޔޮ ކުރުމަށެވެ. އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ފަރާތްތަކުން ކުރިއަށް ގެންދިޔަ މުޒާހަރާއަށް ފުލުހުން ވަނީ ހުރަސް އަޅައި އެމީހުން ފަހަތަށް ޖައްސާފައެވެ.

އެމްޑީޕީގެ މީދޫ ދާއިރާގެ ނައިބް ރައީސް ބުނީ ފާޠިމަތު އިބްރާހިމް ހުޅުމީދޫއަށް ވަޑައިގަންނަވަންދެން ފުލުހުން ސުލްހަވެރިކަމާއި އެކު މުޒާހަރާ ކުރަން ފުރުސަތު ދިންކަމަށެވެ. ނަމަވެސް ފާޠިމަތު އިބްރާހިމް ވަޑައިގަތުމާއި އެކު މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސާފައިވާ ކަމަށެވެ.

މުޒާހަރާގެ ބައިވެރިންވަނީ ހުޅުމީދޫގެ މަގު ހެދުމަށާއި، ވައްކަން ހުއްޓާލުމަށާއި މިނިވަން އިންތިހާބެއް ބޭއްވުމަށް ގޮވާލާފައެވެ.

ފާޠިމަތު އިބްރާހިމް އައްޑޫއަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅަކީ "އެންމެ ގާތުން" ނަމުގައި ކުރިއަށް ގެންދާ ސިޔާސީ ހަރަކާތެކެވެ. މި ދަތުރާއި ގުޅިގެން ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނާއި ވަސީލަތްތައް ދަނީ ބޭނުން ކުރަމުންނެވެ.