Last Updated: June 29, 06:08
Monday, June 29, 2026
މުނިފޫހިފިލުވުން

"ސީކްރެޓް ސްޕަސްޓާ" އަށް ފުރަތަމަ ދުވަހު 4.25 ކްރޯޑް

އާމިރް ޚާންގެ ސުޕހިޓް ފިލްމް "ދަންގަލް" އިން ބޮލީވުޑަށް ތަޢާރަފްވެގެން ދިޔަ ޒައިރާ ވަސީމްގެ ދެވަނަ ފިލްމް އަދި މިދިޔަ ބުރާސްފަތި ދުވަހު ރިލީޒް ކުރި "ސީކްރެޓް ސުޕާސްޓާ" އަށް ވަނީ ބެލުންތެރިންނާއި ފާޑުކިޔުންތެރިންގެ ފަރާތުން ވެސް ވަރަށް ބޮޑަށް ތައުރީފުކޮށްފި އެވެ.

ބޮކްސް އޮފީސް އިންޑިއާ އިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން އެ ފިލްމަށް ވަނީ ރިލީޒް ކުރި ފުރަތަމަ ދުވަހު 4.25 ކްރޯޑް ރުޕީސް ލިބިފައެވެ. އެގޮތުން ފިލްމަށް އެންމެ ބޮޑު ފައިދާއެއް ލިބިފައި ވަނީ ބެންގަލޫރުންނެވެ.

މި ފިލްމަކީ ބަރޯޑާ އަށް އުފަން އުމުރުން 15 އަހަރުގެ ހުނަރުވެރި އިންސިއާ މަލިކް (ޒައިރާ) ގެ ދިރިއުޅުމުގެ ވާހަކަ ތަމްސީލްކޮށްދޭ ފިލްމެކެވެ.

އިންސިއާގެ މަންމަ ވަނީ ގެވެށި އަނިޔާއިން ފުރިގެންވާ ކައިވެންޏެއްގައި ބެދިފަ އެވެ. ގޮންޖެހުންތަކާ އެކު ވެސް އިންސިއާ އޭނާގެ ހުވަފެން ހަޤީގަތަކަށް ހަދައި، އަނިޔާވެރި ބައްޕަގެ ކިބައިން އޭނާގެ މަންމަ ސަލާމަތް ކުރުމަށް މަސައްކަތް ކުރެއެވެ.

މި ފިލްމްގައި ޒައިރާ ދެއްކި ކުޅަދާނަ އެކްޓިން އަށް ބޮލީވުޑްގެ ގިނަ ތަރިން ވެސް ވަނީ ތަޢުރީފްކޮށްފަ އެވެ.