ގިނަ ބައެއްގެ މަޤްބޫލްކަން ހޯދި ކޮމެޑީ ފިލްމް "ސިންގް އިޒް ކިންގް" ގެ ދެވަނަ ބައިގައި އަކްޝޭ ކުމާރްގެ ބައި ކުޅޭނީ ރަންވީރް ސިންގް ކަމަށް މީޑިއާގައި ވާހަކަ ދެކެވެމުން އެބަދެ އެވެ.
ރިޕޯޓްތައް ބުނާގޮތުން އެ ފިލްމްގެ ދެވަނަ ބައިގެ ނަން ވަނީ "ޝޭރް ސިންގް" އަށް ބަދަލުކޮށްފަ އެވެ. އެކަން ހާމަކޮށްފައި ވަނީ ފިލްމްގެ ޕްރޮޑިއުސަރު ޝެއިލޭންދްރަ ސިންގް އެވެ.
ފިލްމްގެ ނަން ބަދަލު ކުރަން ޖެހުނީ އޮރިޖިނަލް ފިލްމްގެ ޕްރޮޑިއުސަރު ކަމަށްވާ ވިޕުލް އަމްރުތްލާލް ޝާހް ދެވަނަ ބައިގައި މަސައްކަތް ކުރުމަށް އިންކާރު ކުރުމުން ކަމަށްވެސް ބައެއް މީހުން ބުނެ އެވެ.

ފުރަތަމަ ފިލްމްގައި އަންހެން ލީޑްގެ ރޯލް ކުޅެފައި ވަނީ ކެޓްރީނާ ކެއިފެވެ. އެހެން ނަމަވެސް ފިލްމްގެ ދެވަނަ ބައިގައި އަންހެން ލީޑެއްގެ ރޯލް އަދާ ކުރާނީ ކޮން ތަރިއެއްކަން އަދި ނޭނގެ އެވެ.
"ސިންގް އިޒް ކިންގް" އަކީ އަނީސް ބަޒްމީ ޑައިރެކްޓްކޮށް، 2008 ގައި ރިލީޒް ކުރި ފިލްމެކެވެ.