Last Updated: June 29, 06:08
Monday, June 29, 2026
ދުނިޔެ

މިސްކިތްތަކަށް ދިން ބޮމުގެ ހަމަލާތަކެއްގައި 60 މަރު

ފޮޓޯ: ރޮއިޓާސް

އަފްޣާނިސްތާނުގެ މިސްކިތްތަކަށް ދިން ދެ ހަމަލާއެއްގައި ގާތްގަނޑަކަށް 60 މީހުން މަރުވެއްޖެ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ކާބުލް ގައި ހުންނަ ޝިއާ މުސްލިމުންގެ މިސްކިތަކަށް ހަތިޔާރު އަޅައިގެން ހުރި މީހަކު ވަދެ ވަނީ ބަޑިޖަހައި ބޮމެއް ގޮއްވާލާފައެވެ. އެ ހާދިސާގައި 39 އަޅުވެރިން ވަނީ މަރުވެފައެވެ.

މީގެ އިތުރުން ގޯރް ގައި ހުންނަ ސުންނީ މުސްލިމުންގެ މިސްކިތަކަށް ދިން ހަމަލާއެއްގައި ވެސް 20 މީހުން ވަނީ މަރުވެފައެވެ.

މި ހަމަލާތަކުގެ ޒިންމާ އަދި އެއްވެސް ގްރޫޕަކުން ނަގާފައެއް ނުވެއެވެ. އެހެންނަމަވެސް މީގެ ކުރިން ވެސް އައިއެސް އިން ވަނީ އަފްޣާނިސްތާނުގެ އެކިއެކި ސަރަޙައްދުތަކުގައި ހުންނަ ޝިއާ މުސްލިމުންގެ މިސްކިތްތަކަށް ހަމަލާ ދީފައެވެ.

މި ހަމަލާތަކަށްފަހު މި ހަފްތާގެ ތެރޭގައި ބޮމުގެ ހަމަލާތަކުގެ ސަބަބުން އެ ޤައުމުގައި މަރުވި މީހުންގެ އަދަދު 176 އަށް އަރައިފި އެވެ.

މި ހަމަލާތަކުގެ އިތުރު ތަފްސީލްތައް އަދި އެނގިފައި ނުވެއެވެ. އަދި މަރުވި މީހުންގެ އަދަދު އިތުރުވުމަކީ ވެސް އެކަށީގެންވާ ކަމެއްކަމަށް އަފްޣާނިސްތާނުގެ ހެލްތް މިނިސްޓްރީން ބުނެއެވެ.