Last Updated: June 17, 13:05
Wednesday, June 17, 2026
ޚަބަރު

"މިހާރު ކަރަންޓް ކެނޑެނީ ހާހަކުން އެއް ފަހަރު"

ޕީޕީއެމް ޖަލްސާގައި މެމްބަރު ސުޖާ ވާހަކަ ދައްކަވަނީ: ފޮޓޯ - ވަގުތު

މީގެ ކުރިން ރާއްޖޭގެ ރަށްތަކުގައި ކަރަންޓު ދެމުން އަންނައިރު ކޮންމެ ފަސް މިނެޓަކުން ކަރަންޓު ކެނޑެމުން ދިޔަ ކަމަށާއި މިހާރު ހާހަކުން އެއްފަހަރު ކަރަންޓު ދިޔަޔަސް ހާހެއް ނުވާ ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާ ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއިން ކާނިވާގައި "ތައްޔާރު" ގެ ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސުޖާ ވިދާޅުވެފައިވަނީ ރައީސް ޔާމީން ވެރިކަމާއި ހަވާލުވިއިރު ގައުމުގެ ހާލަތާއި މެދު ވިސްނާލަން ޖެހޭ ކަމަށެވެ.

ކޮންމެ ފަސް މިނެޓަކުން ރަށްތަކުން ކަރަންޓު ކަނޑަމުން ދިޔަ ކަމަށާއި ނަމަވެސް ރައީސް ޔާމީން ވެރިކަމާއި ހަވާލުވިފަހުން އެކަން ހައްލުކުރައްވާފައިވާ ކަމަށެވެ.

މިހާރު ހާހަކުން އެއްފަހަރު ކަރަންޓު ކެނޑުނަސް އެއީ ހާސްވާ ވަރުގެ ކަމެއް ނޫން ކަމަށް މެމްބަރު ސުޖާ ވިދާޅުވިނަމަވެސް އައްޑޫ ސިޓީގައި މިމަހުގައި ތިން ހަފްތާ ވަންދެން ކޮންމެ ދުވަހަކު ތިން ފަހަރަށްވުރެ ގިނައިން ކަރަންޓު ކަނޑާފައިވއެވެ.