ރާއްޖޭގެ 19 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމާއި އައްޑޫން ހޮވާލެވުނު 19 އަހަރުން ދަށުގެ ޓީމް ކުޅޭ ވާދަވެރި މެޗް މިއަދު ހަވީރު އައްޑޫ ސްޓޭޑިއަމްގައި ކުޅޭނެއެވެ.
އައްޑޫގެ ޒުވާން ގިނަ ހުނަރުވެރި ކުޅުންތެރިންގެ ކުޅުން ފެނިގެންދާނެ މި މެޗަކީ މުސްތަގްބަލްގެ އުޖާލަން ފެނިގެން ދާނެ މެޗެކެވެ.

"ތުވާޑްސް ފިއުޗަރ" ނަމުގައި ހުނަރުވެެރި ކުޅުންތެރިން ހޯދުމަށް އެފްއޭއެމްއިން ފަށާފައިވާ ޕްރޮޖެކްޓްގެ ދަށުން އައްޑޫން ހޮވާލެވުނު ޓީމުން ފާހަގަ ކޮށްލެވޭ ކުޅުންތެރިންނަށް މުސްތަގްބަލްގައި ގައުމީ ޓީމުން ޖާގަ ދޭނެކަމަށް އެފްއޭއެމްއިން ވަނީ ބުނެފައެވެ. އަދި އައްޑޫ 19 އަހަރުން ދަށުގެ ޓީމްގެ ޕްރެކްޓިސް ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް އެފްއޭއެމްއިން ވަނީ ނިންމާފައެވެ.

ހުރިހާ ގޮތަކުންވެސް ތާރީހީ މި މެޗް ބެލުމަށް ވީހާވެސް ގިނަ ބަޔަކު އައްޑޫ ސްޓޭޑިއަމްއަށް އައުމަށް އެފްއޭއެމްއިން ވަނީ އެދިފައެވެ.