Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ކަރަންޓް ދަނީ 24 ގަޑިއިރު ކަރަންޓް ދޭން ފެށުމުން: ރައީސް

*ރައީސް ވިދާޅުވީ މީގެ ކުރިން އަބަދުވެސް ރަށްރަށުން ހުންނަނީ ކަރަންޓު ގޮސްފައި ކަމަށް

ރާއްޖޭގެ ރަށްރަށުން ކަރަންޓުން ކެނޑުމުގެ މައްސަލަ ކުރިމަތިވާން ފެށީ 24 ގަޑިއިރު ކަރަންޓު ދޭން ފެށުމުން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ފާއިތުވި ބުރާސްފަތި ދުވަހުގެ ރޭ، މާލޭގައި ބޭއްވި ޕީޕީޢެމްގެ "ތައްޔާރު" ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ރާއްޖޭގެ ތާރީޚުގައި އެންމެ ފުރަތަމަ ފަހަރަށް ރަށްތަކުގެ އާބާދީ އަށް ބެލުމެއް ނެތި 24 ގަޑިއިރު ކަރަންޓު ލިބޭނެ މިންވަރަށް ކަރަންޓު ފޯރުކޮށްދޭން ފެށީ މިސަރުކާރުން ކަމަށެވެ.

"ރަށްރަށުން ކަރަންޓު ދާން ފެށީ 24 ގަޑިއިރު ކަރަންޓު ދޭން ފެށީމާ، އެހެން ނޫނީއްޔާ ރަށްރަށުން ހުންނަނީ އަބަދު ކަރަންޓު ގޮސްފައި."

މީގެ ކުރިން ކަރަންޓު ލިބެނީ 6 ގަޑިއިރު ކަމަށާއި އެކަން މިހާރު ރައްޔިތުންގެ ހަނދާނުގައި ނެތްކަން ރައީސް ޔާމީން ވަނީ ފާހަގަކުރައްވާފައެވެ. ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގެ ތަޖުރިބާ ހިއްސާކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ މީގެ ކުރިން އެމަނިކުފާނު ދަތުރުފުޅުކުރެއްވި ބައެއް ރަށްތަކުގައި 6 ގަޑިއިރު ކަރަންޓު ދީފައި ކަނޑާލާ ކަމަށެވެ.

މީގެ އިތުރުން އައްޑޫ އަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލައަށް އިޝާރާތްކުރައްވައި ރައީސް ޔާމީން ވަނީ އައްޑޫގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ކަރަންޓު އުފެއްދޭނެ ކެޕޭސިޓީ ފާއިތުވި ސަރުކާރުތަކުން ގާއިމް ނުކުރީ ކީއްވެގެންތޯ ސުވާލު އުފައްދާފައެވެ.

ޤ