އަންނަ އަހަރުގެ ރިޔާސީ އިންތިބުގައި ދިވެހިރާއްޖެ އަށާއި އެމްޑީޕީ އަށް ވެސް އެންމެ ރަގަޅީ އެއް ކެންޑިޑޭޓަކު ނެރުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީޑު ވިދާޅުވެއްޖެ އެވެ.
ޓްވީޓާ މެދުވެރިކޮށް އާއްމު ކުރެއްވި އޯޑިއޯ މެސެޖެއްގައި ނަޝީދު ވިދާޅުވީ، 2018 ގައިރާއްޖޭގެ ވެރިކަމަށް އިންތިހާބު ކުރަން ޖެހެނީ އިންތިގާލީ ރައީސެއް ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބު ވަރަށް ކައިރިވެފައިވާ ކަމަށާއި އެހެން ނަމަވެސް ސާފުވެ ފެންނަން އޮތް ހަގީގަތަކީ އިންސާފުވެރި އިންތިހާބެއް ހޯދުމަކީ ވަރަށް އުނދަގޫވާނެ ކަމެއް ކަމަށެވެ.
"ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އިދިކޮޅުން ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓަކު އިންތިގާލީ މުއްދަތަކަށް އިންތިހާބަށް ނެރުމަކީ އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި އެމްޑޕީގެ މެންބަރުންގެ ތެރެއިން ވެރިކަމުގެ އުންމީދުގައި ހަރަކާތެރިވެ ވަޑައިގަންނަވާ ބޭފުޅުންނަށް ވެސް އަދި އެމްޑީޕީ އަށާއި ދިވެހި ރާއްޖެއަށް ވެސް އެންމެ ރަނގަޅު ގޮތް ކަމަށެވެ."
އިނގިރޭސިވިލާތުގެ ހިމާޔަތުގައި ހުންނެވި ނަޝީދު ވިދާޅުވީ، މިނިވަން ކަމާއެކު ކެމްޕޭނުކޮށް ވޯޓްލައި ވޯޓް ގުނައި ނަތީޖާ ނެރެ ގާނޫނުގައި ވާ ގޮތަށް އިންތިހާބު ކާމިޔާބު ކުރާ ފަރާތް ކަނޑައެޅިގެން ހިނގައިދާނެ ކަމަށް ބެލުމުގެ ފުރުސަތެއް މިހާރު ނެތް ކަމަށެވެ.
"އިދިކޮޅުން 1 ކެންޑިޑޭޓަކު ނެރޭނީ ވާދަވެރި ޕްރައިމަރީ އަކުން"
ރައީސް ނަޝީދު ވިދާޅުވީ 2018 ވަނަ އަހަރު ނެރެވޭ އިންތިގާލީ ކެންޑިޑޭޓް ވެރިކަމަށް ހޮވާނީ ގުޅިފައިވާ ޕާޓީތަކުން އެކުލަވާލައި ވޯޓާސް ލިސްޓަކުން ކަމަށެވެ. އަދި އެ ލިސްޓު ގުޅިފައިވާ ޕާޓީތަކުން މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހުޅުވައި ވެސް ލެވިދާނެ ކަމަށެވެ.
"އެ ލިސްޓްގައި ހިމެނޭ ބޭފުޅުންނަކީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓުންގެ ގޮތުގައި ކަނޑައަޅާ ބޭފުޅަކު ނިންމުމުގައި ވޯޓް ދެއްވާނެ ބޭފުޅުން. " ރައީސް ނަޝީޑު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި މިއަދު އާއްމު ކުރެއްވީ އެމަނިކުފާނުގެ ވިސްނުންފުޅު ކަމަށާއި އެ ވިސްނުންފުޅުތައް ސިޔާސީ އެކުވެރިންނާ ހާއްސަކޮށް ގުޅިފައިވާ ޕާޓީތަކާ ހިއްސާ ކުރަމުން ގެންދާ ކަމަށެވެ.