Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

ފާރިސް އާއި އިމްރާން ޖަލަށް، ދެ ރައީސުން ކަންބޮޑުވެއްޖެ

އަދާލަތު ޕާޓީގެ ލީޑަރ ޝެއިހް އިމްރާން އަބްދުﷲ އާއި ދިއްގަރު ދާއިރާގެ މެމްބަރ އަހުމަދު ފާރިސް ޖަލަށް ބަދަލު ކުރުމާއި ގުޅިގެން ކުރީގެ ދެ ރައީސުން ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

އިމްރާން އާއި ފާރިސް ޖަލަށް ބަދަލު ކުރުމާއި ގުޅިގެން ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިހާބީ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވީ ދެ ބޭފުޅުން ޖަލަށް ބަދަލު ކުރުމުން ކަންބޮޑުވާ ކަމަށާއި މިހާރުން މިހާރަށް އެދެބޭފުޅުން ދޫކޮށްލަން ޖެހޭ ކަމަށެވެ.

ނަޝީދު ވިދާޅުވީ އިމްރާން އާއި ފާރިސް ޖަލު ބަންދަށް ގެންދެވީ ރައީސް ޔާމީން ގޮތް ހުސްވެއްޖެ ކަމުގެ ދަލީލެއް ކަމަށެވެ. އަދި އެ ދެބޭފުޅުން ވަރަށް އަވަހަށް މިނިވަންވާނެ ކަމަށެވެ.

ފާރިސް އާއި ޝެއިހް އިމްރާން ގޭ ބަންދުން ޖަލަށް ބަދަލު ކުރީ މިއަދުއެވެ.