Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ރާއްޖޭގެ އެންމެ ތައުލީމީ ސިޓީއަކީ އައްޑޫ: މައުރޫފް

ދިވެހިރާއްޖޭގެ އެންމެ ތައުލީމީ ސިޓީއަކީ އައްޑޫ އަތޮޅު ކަމަށް އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފް ވިދާޅުވެއްޖެ އެވެ.

މައުރޫފް މިހެން ވިދާޅުވީ، މިިހާރު ހިތަދޫގައި ކުރިއަށް ގެންދާ ޕީޕީއެމްގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މައުރޫފް ވަނީ މިރޭގެ ޖަލްސާގައި އައްޑޫގެ ރައްޔިތުންނަށް ހުށާމަދުކޮށް ގިނަ ވާހަކަތަކެއް ދައްކަވާފައެެވެ. އެގޮތުން އެންމެ ގިނަ އަދަދަކަށް މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވާ ފަރާތްތައް ތިއްބެވީ ވެސް އައްޑޫގައި ކަމަށް މައުރޫފް ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަށް ބެލިޔަސް އެ ދާއިރާގައި ގިނައީ އައްޑޫ މީހުން ކަމަށާއި މަތީ މަގާމުތަކުގައި އަައްޑޫ މީހުން ގިނަ ކަމަށެވެ. އަދި އައްޑޫ މީހުންނާ ނުލައި ޓޫރިޒަމް ދާއިރާ ނުހިނގާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މައުރޫފް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އައްޑުވެގެން ދާނީ ވަރަށް ތަހުޒީބު ތަރައްގީ ސިޓީއަކަށް ކަމަށެވެ.