ތަރައްޤީ އަކީ ކޮންކްރީޓް ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދް ވިދާޅުވެއްޖެ އެވެ.
ސައީދު މިހެން ވިދާޅުވީ، އައްޑޫ ސިޓީ، ހިތަދޫގައި ޕީޕީއެމް އިން ބާއްވަމުން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
"ތަރައްގީއަކީ ކޮންކްރިޓް. ޔޭސް. އެހެން ނަމަވެސް ރައީސް ޔާމީން ގަބޫލު ކުރައްވާ ތަރައްގީއަކީ އާއިލާތައް ހަލާކުވެގެން ގޮސް، ވީރާނާވި އާއިލާތަކުގެ ވެލިއުސް އަނބުރާ ގެނައުންކަން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ އިދިކޮޅު ސިޔާސީ ބޭފުޅުން އުޅުއްވަނީ ރަސޫލު ޒަމާނުގައި މަގުމަތީގައި ވާހަކަ ކިޔައިދޭން އުޅުނު މީހުން އުޅޭ ގޮތަށް ކަމަށެވެ. އެހެންވެ މި ބޯދާ ވިސްނުމާ އެކު އެ ބޭފުޅުންގެ އަމާޒެއް އަދި ވިސްނުމެއް ނެތް ކަމަށް ވިދާޅުވި އެވެ.
"މި ތަހުޒީބީ ޒަމާން މިއޮތީ ތަރައްގީކޮށް އިމާރާތް ކުރާ ވެރިންނަށް ފައްކާވެފައި އޮތް ޒަމާނަކަށްވެފައި،" މިނިސްޓަރު ވިދާޅުވި އެވެ.