ސްޕެނިޝް ލީގުގައި ބާސެލޯނާއަދި މަލަގާ ބައްދަލުކުރި މެޗު 0-2 އިން ބާސާ ކާމިޔާބުކޮށް އެއްވަނައިގައި ހަމަޖެހިލައިފިއެވެ.
މެޗުގެ ފުރަތަމަ ގޯލު ޖެރާޑް ޑެލެފެއު ޖަހާފައިވާއިރު މަލަގާގެ ކޯޗާއި ކުޅުންތެރިން ވަނީ ގޯލު ދިނުމުން ރެފްރީގެ އެނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
ލޫކަސް ޑިގްނޭ ޑެލެފެއުއަށް ބޯޅަ ހުރަސްކޮށްފައިވަނީ ގޯލު ލައިނު ފަހަނަޅާ ބޭރަށް ގޮސްފައިވަނިކޮށެވެ. ނަމަވެސް އޭނާ ބުނެފައިވަނީ ގޯލުގެ ސައްހަ ކަމާމެދު އޭނާއަށް ސުވާލެއް ނެތް ކަމަށެވެ.

ބާސާގެ ދެވަނަ ގޯލު ޖަހާފައިވަނީ ކެޕްޓަން އަންދްރޭ އިނިއެސްޓާއެވެ. ގޯލު ކަނަށް އިނިއެސްޓާ ފޮނުވާލި ބޯޅަ ކީޕަރަށް މަތަނުކުރެވި ގޯލުގެ ތެރެއަށްވަދެ ބާސާއިން ވަނީ ތިން ޕޮއިންޓު ކަށަވަރުކޮށް ލީގުގައި ހަމަޖެހިލާފައެވެ.
ލީގު ފެށިގެން ކުޅުނު 9 މެޗުގެ ތެރެއިން 8 މެޗުން ބާސާ މޮޅުވެފައިވާއިރު މިދިޔަ ހަފްތާގައި އެތްލެޓިކޯއާ ކުޅުނު މެޗުން ބާސާވަނީ އެއްވަރުވެފައެވެ.