މިއަހަރުގެ މިހާތަނަށް އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ) އިން ބެލި މައްސަލަތަކުގައި ދައުލަތަށް ލިބެެން ޖެހޭ ފައިސާގެ އަގު 1.3 ބިލިއަނަށް އަރާކަމަށް އެކޮމިޝަނުން ބުނެފި އެވެ.
އޭސީސީން ނެރުނު މި އަހަރުގެ ތިން ވަނަ ކުއާޓަރުގެ ރިޕޯޓްގައިވާ ގޮތުން މި މުއްދަތުގައި ކޮރަޕްޝަނާއި ގުޅޭ 239 މައްސަލައެއްގެ ދަޢުވާ ކުރުމަށް ޕީޖީއަށް އަށް ވަނީ ފޮނުވާލާފައެވެ.
އެގޮތުން އެންމެ ގިނައިން ފޮނުވާފައިވަނީ ނާޖާއިޒު ފައިދާ ނެގުމުގެ މައްސަލަކަމަށް އޭސީސީން ވަނީ ބުނެފައެވެ.
އޭސީސީން ބުނީ 6 ފަރާތެއްގެ މައްޗަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ 99 ދަޢުވާ ކުރުމަށް ފޮނުވާފައިވާ ކަމަށެވެ. އަދި މީގެތެރެއިން 3 ފަރާތެއްގެ މައްޗަށް ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ 97 ދަޢުވާކޮށްދިނުމަށް އެދިވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
މީގެއިތުރުން، ދަޢުވާ ރައްދުވާ ޖުމްލަ 6 ފަރާތްތަކުގެ ތެރެއިން 4 ފަރާތެއްގެ އަތުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ 43 ދަޢުވާ ކުރުމަށް އެދިވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.