މިއަދު ހަވީރު މާލެއިން ހުޅުމާލެ އަށް ދިޔަ ފެރީއެއް ތޮށިގަނޑު ކައިރިއަށް ޖައްސަން އުޅެނިކޮށް ކޮންޓްރޯލުން ނެއްޓި ތޮށިގަނޑުގައި ޖެހި ކުރީ ސަފުގައި ހުރި މީހަކަށް އަނިޔާވެއްޖެއެވެ.
ފެރީގެ އެންމެ ކުރީ ގޮނޑިބަރީގައި އިށީނދެގެން ހުރި ފިރިހެން މީހާއަށް އަނިޔާވެފައިވަނީ ތޮށިގަނޑުގައި ފެރީ ޖެހުނު ވަގުތު ކެޕްޓަން ހުންނަ ތަނުގެ ބިތުގައި ޖެހި، ބޯފަޅައިގެން ގޮހެވެ.
ފެރީން ފޭބުމަށްފަހު އެމީހާ ވަނީ ވަގުތުން ހުޅުމާލެ ހޮސްޕިޓަލަށް އެމްބިއުލާންސުގައި ގެންގޮސްފައެވެ. ބޯފަޅައިގެން ދިއުމުގެ އިތުރުން އެހެން އަނިޔާއެއް އެމީހާއަށް ލިބިފައިވާކަމެއް އެނގިފައެއް ނުވެއެވެ.
މިހާދިސާގައި އެހެން މީހަކަށް އަނިޔާއެއް ވެފައިނުވި ނަމަވެސް ފެރީއަށް ވަނީ އެކިވަރުގެ ގެއްލުން ލިބިފައެވެ.