Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

މިއީ ވެރިކަމުގެ ޖާހަތާއި ލައްޒަތަށް އެދެންވީ ވަގުތެއް ނޫން: ނަޝީދު

ރައީށް ނަޝީދު، ފޮޓޯ: ރައީސް ނަޝީދު ފޭސްބުކް ޕޭޖް

ވެރިކަމުގެ އާރާއި ބާރާއި، ލައްޒަތާއި ޖާހަތާއި އުފަލާއި އަރާމަށް ނޭދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުން މުހިއްމު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވަނީ މިއަދު އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ.


ރިޔާސީ އިންތިހާބުގައި ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމަށް ރައީސް ނަޝީދު ގޮވާލައްވާފައި ވާއިރު މީގެ ކުރިން ވެސް އެމަނިކުފާނު ވަނީ އިދިކޮޅު އެންމެން ގުޅިގެން 2018 ގައި އިންތިގާލީ ރައީސަކު އިންތިހާބު ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދު މީގެ ކުރިން އާއްމު ކުރެއްވި އޯޑިއޯ އެއްގައި ވިދާޅުވެފައި ވަނީ ގުޅިފައިވާ ޕާޓީތަކުން އިންތިގާލީ ރައީސެއް ހޮވުމަކީ އެކަމުގައި މުޅި ގައުމުގެ މަސްލަހަތު އޮތް ކަމެއް ކަމަށެވެ.