މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްގެ ހަ ވަނަ ސްޓޫޑިއޯ އަލްބަމް، "ރެޕިއުޓޭޝަން"ގެ ތިންވަނަ ލަވަ ލޯންޗް ކޮށްފި އެވެ.
އެ ލަވަ ޔޫޓިއުބް އަށް އަޕްލޯޑް ކޮށްފައި ވަނީ 19 އޮކްޓޯބަރު ގައެވެ. މިހާރު އެ ލަވަ އޮތީ ޔޫޓިއުބްގެ ޓްރެންޑިން ލިސްޓްގެ 18 ވަނައިގަ އެވެ.
މިއީ "ރެޕިއުޓޭޝަން" އަލްބަމް އިން މިހާތަނަށް ނެރުނު ތިންވަނަ ލަވައެވެ. މީގެ ކުރިން ނެރެފައިވާ ދެ ލަވައަކީ "ލުކް ވަޓް ޔޫ މޭޑް މީ ޑޫ" އާއި "ރެޑީ ފޯ އިޓް" އެވެ. މީގެ ތެރެއިން "ލުކް ވަޓް ޔޫ މޭޑް މީ ޑޫ" ވަނީ ޔޫޓިއުބްގެ ގިނަ ރެކޯޑްތަކެއް މުގުރާލާފައެވެ.
"ރެޕިއުޓޭޝަން" އަލްބަމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ.