އިނގިރޭސި ސީރީސް "މޮޑާން ފެމިލީ" އިން މަޝްހޫރުވެގެންދިޔަ ތަރި އޭރިއެލް ވިންޓާ ބޭނުންވަނީ އޭނާގެ ޤާނޫނީ ޑިގްރީ ނިންމަން ކަމަށް އޭނާ ބުނެފި އެވެ.
އެކިއެކި ވަކީލުން ވެދީފައިވާ އެހީތެރިކަން ފާހަގަކުރަމުން އޭރިއެލް ބުނެފައި ވަނީ އޭނާގެ އަމާޒަކީ ޤާނޫނީ ޑިގްރީ ހާސިލްކުރުން ކަމަށެވެ. އެކްޓިން އަށް ލޯބިކުރާ ނަމަވެސް، އެނބުރި ސްކޫލަށް ގޮސް ޝައުޤުވެރިވާ ކަމެއް ކުރުމަކީ މުހިންމު ކަމެއް ކަމުގައި އޭރިއެލް ދެކެއެވެ.
އުމުރުން 19 އަހަރުގެ އޭރިއެލް ބުނެފައިވާ ގޮތުގައި އޭނާ ވަނީ މިހާތަނަށް ވަރަށް ގިނަ ވަކީލުންނާއެކު މަސައްކަތް ކޮށްފައެވެ. އަދި އެކި ދާއިރާތަކުގެ ވަކީލުން ވަނީ އޭނާއަށް ދިމާވި އެކި މައްސަލަތަކުގައި އެހީތެރިވެދީފައި ކަމަށެވެ.
ޤާނޫނީ ދާއިރާއާ ބެހޭ މަޢުލޫމާތު ލިބިފައިވުމާއެކު އެހެން މީހަކަށް ވެސް އެފަދަ އެހީތެރިކަމެއް ފޯރުކޮށްދެވިދާނެ ކަމަށާއި، އެހެންކަމުން ލޯ ޑިގްރީ ހާސިލް ކުރަން ބޭނުންވާ ކަމަށް އޭރިއެލް ވަނީ ބުނެފައެވެ.