Last Updated: June 29, 06:08
Monday, June 29, 2026
މުނިފޫހިފިލުވުން

"12 ސްޓްރޯންގް" ގެ ޓްރެއިލާ ދައްކާލައިފި

ޑަގް ސްޓެންޓަން ލިޔެފައިވާ ފޮތް "ހޯސް ސޯލްޖާސް" ގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމް "12 ސްޓްރޯންގް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މީގެ ތިން ދުވަސް ކުރިން ވޯނާ ބްރޯސް އިން "12 ސްޓްރޯންގް" ގެ ރަސްމީ ޓްރެއިލާ ލޯންޗްކޮށްފައިވާއިރު، މި ފިލްމްގެ ލީޑް ރޯލުން ފެނިގެންދާނީ ކްރިސް ހެމްސްވޯތް އެވެ.

މި ފިލްމްގައި ދައްކުވައިދޭނީ 11 ސެޕްޓެމްބަރު 2001 ގައި އެމެރިކާ އަށް ދިން ޓެރަރިސްޓް ހަމަލާތަކަށްފަހު އަފްޣާނިސްތާނަށް ފޮނުވުނު އެމެރިކާގެ ސްޕެޝަލް ފޯސެސް ޓީމުން ތާލިބާނުންނާއި ކުރި ހަނގުރާމައިގެ ވާހަކައެވެ.

މި ފިލްމް ޑައިރެކްޓް ކޮށްފައި ވަނީ ނިކޮލައި ފަލްސިގް އެވެ. އަދި މި ފިލްމް ޕްރޮޑިއުސް ކޮށްފައި ވަނީ ޖެރީ ބްރްކެއިމާ އެވެ.

މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ 19 ގައެވެ.