Last Updated: June 17, 11:22
Wednesday, June 17, 2026
ޚަބަރު

ކޭންގެ ދެ ގޯލާ އެކު ސްޕާސް އަށް ފަސޭހަ މޮޅެއް

ޕްރިމިއާ ލީގުގައި ޓޮޓެންހަމް ހޮޓްސްޕާސް އަދި ލިވަޕޫލް ބައްދަލުކުރި މެޗު ފަސޭހަކަމާއެކު 1-4 އިން ސްޕާސް ކާމިޔާބުކޮށްފިއެވެ.

ސްޕާސްގެ ފުރަތަމަ ލަނޑު މެޗުގެ ހަތަރު ވަނަ މިނެޓުގައި ޖަހާފައިވަނީ ކޭންއެވެ. މިއީ ކޭން ވެމްބްލީގައި ޖެހި ފުރަތަމަ ލަނޑެވެ. މެޗުގެ 12 ވަނަ މިނެޓުގައި ސްޕާސްއިން ވަނީ އަނެއްކާވެސް ގޯލެއް ޖަހާފައެވެ. މިފަހަރު ގޯލު ޖަހާފައިވަނީ ކޭންގެ އެސިސްޓަކުން ސޮންއެވެ.

ލިވަޕޫލުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑެއް ޖަހައި މެޗުގެ ތެރެއަށް ވަންނަން މަސައްކަތް ކޮށްފައެވެ. 24 ވަނަ މިނެޓުގައި ސަލާހް ޖެހި ގޯލުން ލީޑު އެއް ގޯލަށް ކުޑަވެފައިވަނިކޮށް ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ޑެލޭ އަލީ ވަނީ ސްޕާސްގެ ލީޑު 1-3 އަށް ފުޅާކޮށްފައެވެ.

މެޗުގެ ފަހު ލަނޑު ފެނިގެން ގޮސްފައިވަނީ ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއްގެ ކުޅުން ކުރިއަށް ނުދަނިކޮށެވެ. 56 ވަނަ މިނެޓުގައި މިލަނޑުވެސް ޖަހާފައިވަނީ ހެރީ ކޭންއެވެ.

ކޭންގެ ދެލަނޑާއެކު އޭނާ ވަނީ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓުގެ އެއްވަނައަށް ލުކާކޫއާ އެގުއޭރޯ ފަހަތަށް ޖައްސާލުމަށްފަހު އަރާފައެވެ.

ސްޕާސްއާ ޔުނައިޓެޑު ޕޮއިންޓުގެ ގޮތުން ހަމަހަމަ ވެފައިވާއިރު ދެން ސްޕާސް ކުޅެން ޖެހެނީ އޮލްޑް ޓްރެފޮޑްގައި ޔުނައިޓެޑާއި ދެކޮޅަށެވެ.