Last Updated: June 11, 10:02
Thursday, June 11, 2026
ޚަބަރު

މަސްތުވާތަކެތީގެ ވިޔަފާރި ކުރި މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ ކަމަށް ބެލެވޭ މީހަކު ސ. ހިތަދޫން މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުުހުން ބުނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ޝައްކު ކުރެވިގެން ހައްޔަރު ކުރި މީހާގެ އަތުން ސެލޯފިންގައި ބަންދުކޮށްފައިވާ ތިން ޕީސް ފެނިފައިވާ ކަމަށެވެ.

އެހެން ނަމަވެސް ހައްޔަރު ކުރި މީހާ އާ ބެހޭ އެއްވެސް ތަފުސީލެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ފުލުހުން އައްޑޫގައި ކުރިއަށް ގެންދާ "އަފިރިންގެ އަމާން އައްޑޫ ސިޓީ" އޮޕަރޭޝަނުގައި މިހާތަނަށް އެންމެ ގިނަ ބަޔަކު ހައްޔަރުކޮށްފައި ވަނީ ވެސް މަސްތުވާތަކެެއްޗާއި ބަނގުރަލުގެ މައްސަލަތަކުގަ އެވެ. އެ އޮޕަރޭޝަން ފެށީ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު އެވެ.