Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

ކަރަންޓްގެ އަގުގެ ތަފާތު ކުޑަކުރަން މަސައްކަތް އެބަކުރަން: ޠޯރިގް

މާލެ އާއި އަތޮޅު ތެރޭގެ ކަރަންޓަށް ނަގާ އަގުގެ ތަފާތު ކުޑަކުރުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް އެންވައިރަމެންޓް މިނިސްޓަރ ޠޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޠޯރިގް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވި އިރު މާލެ އާއި ހުޅުމާލެ އަދި ވިލި މާލެއަށް ކަރަންޓްގެ އަގު ނަމަގަމުން އައީ ތަފާތު ހަ ޓެރިފެއްގައި ކަމަށެވެ. ނަމަވެސް މިހާރު އެއްޓެރިފެއް ގައި އެ ސަރަހައްދުތަކަށް ޗާޖް ކުރަމުން އަންނަ ކަމަށެވެ.

ޠޯރިގް ވިދާޅުވީ މާލެ ސަރަހައްދާއި އަތޮޅު ތެރޭގެ ކަރަންޓްގެ ފަރަގު ބޮޑު ކަމަށެވެ. އެހެންވެ ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ އެ އަގުތައް ކުޑަ ކުރެއްވުމަށް ކަމަށް ޠޯރިގް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަދިވެސް މިދަނީ އިތުރަށް މަސައްކަތް ކުރަމުން، މާލެ އާއި އަތޮޅުތެރޭގެ [ކަރަންޓުގެ އަގުގެ] ފަރަގު ކުޑަކުރުމަށް. އެ ކަންތައްތައް ވެސް ވަރަށް ބާރަށް މި ކުރި އަށް ގެންދަނީ އިއާދަ ކުރަނިވި ހަކަތައާ އެހެން ވަސީލަތްތައް ވެސް ބޭނުންކޮށްގެން،" މިނިސްޓަރު ވިދާޅުވި އެވެ.

މާލެ އާއި އަތޮޅު ތެރޭގެ ކަރަންޓްގެ އަގު ބޮޑު ތަނުން ތަފާތެވެ. ނަމަވެސް އެކަން ހައްލުކޮށް ދެއްވުމަށް ސަރުކާރުން މަސައްކަތެއް ނުކުރާކަމަށް ބުނެ އަތޮޅުތަކުގެ ރައްޔިތުން ދަނީ އިހްތިޖާޖު ކުރަމުންނެވެ.