Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

ޝިފާ "ކޮޅު ބަދަލުވާން" މިލިއަނުން ރުފިޔާ އާއި ފްލެޓެއް ހުށަހެޅި

މާލޭގެ މޭޔަރ ޝިފާ މުހައްމަދު، ފޮޓޯ: އަވަސް

ކޮޅު ބަދަލު ކުރާ މަތިން މާލޭގެ މޭޔަރ ޝިފާ މުހައްމަދުއަށް މިލިއަނުން ރުފިޔާ އާއި ފްލެޓެއް ހުށަހަޅައިފިއެވެ.

ޝިފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮޅު ބަދަލު ކުރާ މަތިން 3 ކޮޓަރީގެ ފްލެޓަކާއި މިލިއަނުން ފައިސާ ހުށަހެޅި ކަމަށެވެ. އަދި މިއީ "ތޯތޯ ވާހަކަ" އެއް ނޫންކަމަށް ޝިފާ ވިދާޅުވިއެވެ. އަދި ޖަވާބުގައި ނަފްސު ނުވިއްކާނެކަމަށް ބުނިކަމަށެވެ.

މާލޭގެ މޭޔަރ ޝިފާ ގަތުމަށް ފެލެޓާއި ފައިސާ ހުށަހެޅި އިރު އައްޑޫ ސިޓީ ކައުންސިލްގެ ހުޅުދޫ އަދި މީދޫ ކައުންސިލަރު ގަތުމަށް 6 މިލިއަން ހުށަހެޅިކަމަށް އެ ކައުންސިލަރުން ވަނީ ބުނެފައެވެ. ކައުންސިލަރުން ބުނީ ފައިސާއަށް ނަފްސު ނުވިއްކާނެ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލްގެ އެންމެ ގޮޑިއެއް ފިޔަވައި ހުރިހާ ގޮޑިއެއް އެމްޑީޕީން ކާމިޔާބް ކޮށްފައިވާ އިރު އައްޑޫ ސިޓީ ކައުންސިލްގެ 7 ގޮޑިވެސް ކާމިޔާބް ކުރީ އެމްޑީޕީންނެވެ.