ދިވެހި ރާއްޖޭގެ ހައިކޯޓުން 9 މީހަކާއި ދެކޮޅަށް މޮނިކޮން އަމުރު ނެރުމަށްފަހު 5 މީހަކާ ދެކޮޅަށް އަމުރު ތަންފީޒުކުރަމުންދާއިރު އަނެއް ހަތަރު މީހުން ފައިގައި ޓެގު ނޭޅުވިގެން އުޅެނީ އެމީހުން އުޅޭ ނޫޅޭ ތަނެއް ނޭނގުމުގެ ސަބަބުން ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ފުލުހުން ވަނީ 5 މީހެއްގެ ފައިގައި ޓެގު އަޅުވައި، މޮނިޓާ ކޮށް ކޮންޓްރޯލް ކުރަމުން އަންނަ ކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް އަމުރު ނެރުނު 9 މީހުންގެ ތެރެއިން އިތުރު ފަސް މީހަކާ ދެކޮޅަށް އަމުރު ތަންފީޒުކުރުމުގެ މަސައްކަތް އަދި ނުނިމޭ ކަމަށް ބުނެފައިވެއެވެ.
އެ ހަތަރު މީހުންވެސް ވީނުވީ ތަނެއް ނޭނގި ފިލާފައިވާއިރު ފުލުހުން ވަނީ ބާކީތިބި ހަތަރު މީހުންގެ ފައިގައި ޓެގު އަޅުވައި އަމުރު ތަންފީޒުކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.
ހައި ކޯޓުން 9 މީހަކާ ދެކޮޅަށް މޮނިކޮން އަމުރު ނެރެފައިވަނީ މިދިޔަ ބުދަ ދުވަހުގައެވެ. އެންމެ ފުރަތަމަ 14 މީހަކާ ދެކޮޅަށް އަމުރު ނެރުމަށް ހުށައެޅި ނަމަވެސް ކޮމިޓީން ބެލި ބެލުންތަކަށް ފަހު ނިންމާފައިވަނީ އޭގެ ތެރެއިން 9 މީހުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށެވެ.