Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

އައްޑޫގެ ނަރުދަމާ ތާވަލަށް ނިމޭނެ: ޠޯރިގް

އައްޑޫގައި ކުރިއަށްދާ ނަރުދަމާގެ މަސައްކަތް ތާވަލް ކުރި މުއްދަތަށް ނިންމާލެވޭނެ ކަމަށް އެންވައިރަމެންޓް މިނިސްޓަރ ޠޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.

"އަފިންނަސް ތައްޔާރަ" ނަމުގައި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ޖަލްސާއަށް އައްޑޫއަށް ވަޑައިގެން ހުންނެވި ޠޯރިގް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަސައްކަތް ތާވަލް ކުރި ގޮތަށް އަންނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށެވެ.

ފޭދޫ، މަރަދޫ އަދި މަރަދޫ ފޭދޫގެ ނަރުދަމާގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއި އެވެ.

ހުޅުދޫ އަދި މީދޫގެ މަސައްކަތް ލަންކާގެ ސިއެރާ ކުންފުނިން ކުރަމުން އަންނަ އިރު ހިތަދޫ އުތުރާއި ދެކުނުގެ މަސައްކަތް ކުރަނީ އެމްޑަބްލިއުއެސްސީންނެވެ.

ޠޯރިގް ވިދާޅުވީ މި މަސައްކަތަކީ ސަރުކާރުން 353.5 މިލިއަން ދިވެހި ރުފިޔާ ހަރަދުކުރައްވައިގެން ކުރިއަށް ގެންދާ މަޝްރޫއުއެއް ކަމަށެވެ.