އެވަޓަންގެ ކޯޗު، ރޮނާލްޑް ކޯމަން މަގާމުން މިއަދުގެ ވަގުތެއްގައި ވަކިކޮށްފިއެވެ.
އާ ސީޒަނުގައި ކޯމަންގެ ފަރާތުން ފެނިގެން އަންނަ ދަށް ކުޅުމުގެ ސަބަބުން އޭނާ ވަނީ ބޯޑުގެ ނިންމުމަށް އިހުތިރާމު ކުރާނެ ކަމަށް މީގެ ކުރިން ބުނެފައެވެ.
ރޭ އާސެނަލްއާ ދެކޮޅަށް ކުޅެ އަމިއްލަ ދަނޑުގައި 5-2 އިން އެވަޓަން ބަލިވެފައިވާއިރު އެއީ މިސީޒަނުގައި ކުޅުނު 11 މެޗުން އެވަޓަން ބަލިވި 7 ވަނަ ފަހަރެވެ.
މިދިޔަ ސީޒަނުގައި އެވަޓަންގެ ކޯޗުކަމާއި ކޯމަން ހަވާލުވުމަށްފަހު ލީގު ތާވަލުގެ 7 ވަނައިގައި ނިންމާލުމަށްފަހު މިސީޒަނުގައި ކުލަބުން ވަނީ 150 މިލިއަން ޕައުންޑު ދިނުމަށްފަހު ކުލަބު ވަރުގަދަ ކުރުމަށް ފުރުސަތު ދީފައެވެ.
ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި 140 މިލިއަން ހޭދަކޮށް ކުޅުންތެރިން ގެނައުމަށްފަހުވެސް 9 މެޗު ކުޅެވުނު އިރު އެވަޓަން އޮތީ ރެލިގޭޝަނުގައެވެ.
ކޯޗަކު އައްޔަން ކުރަންދެން އެވަޓަންގެ ކޯޗުކަމާއި ހަވާލުވާނެ ކަމަށް ބެލެވެނީ އެވަޓަންގެ 23 އަހަރުން ދަށުގެ ކޯޗު ޑޭވިޑް އަންސްވޯތްއެވެ. އެވަޓަން ދެން ކުޅެން ޖެހެނީ ކަރަބޮއާ ކަޕްގައި ޗެލްސީއާ ދެކޮޅަށެވެ.