Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ފީނައިގެން ޑީކޯވި މީހަކު ފަރުވާ ދިނުމަށް އައްޑުއަށް ގެނެސްފި

ހުވަދު އަތޮޅުގައި އެންދަމަން ވެގެން ފީނި މީހަކު ޑީކޮމްޕްރެޝަން ސިކްނެސް (ޑީކޯ) ވެގެން އިތުރު ފަރުވާ ދިނުމަށް އައްޑޫ ސިޓީ އަށް ގެނެސްފި އެވެ.

ޑީކޯވި މީހާ އައްޑޫ އަށް ގެނެސްފައި ވަނީ އެމްއެންޑީއެފް ހެލިކޮޕްޓަރުގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގދ.ތިނަދޫ އިން އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރުގައި މިއަދު 18:24 ހާއިރު ސ.ގަމަށް ގެންގޮސްދީފައިވަނީ އުމުރުން 29 އަހަރުގެ ފިރިހެނެކެވެ.

މި މީހާ ސ.ގަމަށް ގެންގޮސްދީފައިވަނީ ޑރ.އަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޑޮކްޓަރުން ލަފާ ދެއްވުމާއި ގުޅިގެން އިތުރު ފަރުވާ އަށެވެ.

އެމްއެންޑީއެފްގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުން މިމީހާ ޑީކޯވެފައިވަނީ މިއަދު އެން ހިފުމަށްޓަކައި 2 ފަހަރުމަތިން ޑައިވް ކުރުމަށްފަހު އެވެ.