Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިއްޖެ

ދޮޅު ލައްކައެއްހާ މީހުން ދިރިއުޅެމުން އަންނަ މާލެއިން ކަރަންޓް ކެނޑިއްޖެ އެވެ.

ކަރަންޓް ކެނޑިފައިވަނީ މާފަންނާއި ގަލޮޅު އަދި ހެންވޭރުންނެވެ.

ކަރަންޓް ކެނޑުމާއި ގުޅިގެން ސްޓެލްކޯއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑުމާއި ގުޅިގެން އަލުން ކަރަންޓް ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ދިމާވި މައްސަލައެއް ސްޓެލްކޯއިން ހާމަ ކޮށްފައި ނުވެއެވެ.

މާލެއިން ކަރަންޓް ކެނޑޭ މައްސަލަ އާއްމުވެފައިވާ އިރު ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީ ރައްޔިތުން މިމަހުގެ ކުރީކޮޅު ވަނީ ކަަރަންޓް ކެނޑޭ މައްސަލަ ތަޖްރިބާ ކޮށްފައެވެ.