Last Updated: April 19, 06:47
Friday, April 19, 2024
ކުޅިވަރު

އައްޑޫގެ ފަސް ކުޅުންތެރިއަކަށް ގައުމީ ޓީމުން ފުރުސަަތު ދެނީ

އައްޑޫން އެކުލަވާލި 19 އަހަރުން ދަށުގެ ފުޓްބޯޅަ ސްކޮޑުން ފާހަގަ ކުރެވުނު ފަސް ކުޅުންތެރިން މާލެ ގެންގޮސް ގައުމީ ޒުވާން ޓީމާ އެކު ތަމްރީން ހޯދުމުގެ ފުރުޞަތު ދޭނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

"ޓް ވާޑްސް ފިއުޗާ" ޕްރޮޖެކްޓްގެ ދަށުން 19 އަހަރުން ދަށުގެ ޤައުމީ ޓީމް، އައްޑޫގެ 19 އަހަރުން ދަށުގެ ޓީމާ އައްޑޫގައި ހޮނިހިރު ދުވަހު ކުޅުނު މެޗަށް ފަހު ބައްސާމް ޓީވީއެމަށް ވިދާޅުވީ މެޗު ނިމުމާ އެކު ކޯޗް ސާންތީގެ ފަރާތުން ފަސް ކުޅުންތެރިއެއް ފާހަގަކޮށް އެފްއޭއެމަށް ހުށައަޅާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެއީ ޕްރޮޖެކްޓް ކާމިޔާބުވާނެކަމުގެ ހެއްކެއް ކަމަށާއި ފާހަގަ ކުރެވުނު ކުޅުންތެރިން މާލެ ގެންގޮސް މާލޭގައި ތިބެގެން ކިޔެވޭނެ އިންތިޒާމް ހަމަޖައްސައި، ޒުވާން ޓީމާއެކު ތަމްރީން ހެދުމުގެ ފުރުޞަތުދޭނެ ކަމަށެވެ.

"މިއޮތީ މިކުދިންނަށް ވަރަށް ބޮޑު ފުރުޞަތެއް ލިބިފަ. ހަމައެއާ އެކު މިކަމުން އަޅުގަނޑުމެން ބޭނުންވާ މަޤްޞަދު އެބަ ހާޞިލްވޭ. އެޓީމުގެ ފަސް ކުޅުންތެރިއަކަށް މިހާރުވެސް އަންޑާ 19 ޓީމަށް އެރޭނެކަމުގެ ޔަޤީންކަން ލިބުމަކީ މަސައްކަތް ކާމިޔާބުވާނެ ކަމުގެ ހެއްކެއް،" ބައްސާމް ވިދާޅުވި އެވެ. "މިކުދިން މާލެ ގެންގޮސް ކިޔެވުމުގެ ކަންތައްތަކާއެކީގަ ޓްރެއިނިންތަކަށް ޖޮއިން ކުރެވޭ ގޮތަކަށް އަޅުގަނޑުމެންގެ މަސައްކަތްތައް ދެން ބައްޓަން ކުރެވިގެން ދާނީ."