ސަޕްލެމެންޓްރީ ބަޖެޓުގެ ގޮތުގައި ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު މަޖިލީހަށް 493 މިލިއަން ރުފިޔާގެ ބަޖެޓެއް ހުށައަޅައިފިއެވެ.
ފިނޭންސް މިނިސްޓަރު ބަޖެޓު މަޖިލީހަށް ހުށައަޅާފައިވަނީ އިދިކޮޅު މެމްބަރުން މިއަދުވެސް މަޖިލީހުގެ އިހުތިޖާޖުކޮށް އަޑުއުފުލަމުން ދަނިކޮށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ގޮވާލައި އިދިކޮޅު މެމްބަރުން އަންނަނީ ދައުރު ފެށުނު ދުވަހުން ފެށިގެން ކޮންމެ ދުވަހަކު އަޑު އުފުލަމުންނެވެ.
ފިނޭންސް މިނިސްޓްރީން މި ބަޖެޓު މަޖިލީހަށް ހުށައަޅާފައިވަނީ މިއަހަރު މަޖިލީހުން ފާސްކުރި ބަޖެޓުގެ އިތުރުން، ސަރުކާރުން ޚަރަދު ހިނގާނެ ކަންތަކަށް ބެލުމަށްފަހު އިތުރުވާ ޚަރަދު ހިންގުމަށެވެ.
ގާނޫނު އަސާސީގެ ދަށުން ސަރުކާރުން ސަޕްލެމެންޓްރީ ބަޖެޓެއް ހުށައަޅާފައިވަނީ މިއަހަރަށް ފާސްކުރި ބަޖެޓުން ޚަރަދުތައް ހަމަނުޖެއްސޭނެ ކަމަށް ލަފާކުރެވޭތީއެވެ.
މިއީ ފަހުގެ ތާރީޚެއްގައި ސަޕްލެމެންޓްރީ ބަޖެޓެއް މަޖިލީހަށް ހުށައެޅުނު ފުރަތަމަ ފަހަރެވެ.