އައްޑޫ އަންހެނުން ތަރައްޤީ ކުރާ ކޮމެޓީ (ޑަބްލިޔުޑީސީ) އާއި އައްޑޫ ޕޮލިސް ގުޅިގެން ކުރިއަށް ގެންދާ ޑަބްލިއުޑީސީ ޕޮލިސް ވޮލީ ޗެމްޕިއަންޝިޕް 2017 މުބާރާތުގެ ފުރަތަމަ މެޗް މަރަދޫ ފޭދޫ ޓީމް ކާމިޔާބްކޮށްފިއެވެ.
ރޭ ފޭދޫ ވޮލީ ކޯޓުގައި މުބާރާތް ހުޅުވުމުގެ ގޮތުން މީދޫ އަންހެން ވޮލީ ޓީމާއި ވާދަކޮށް މަރަދޫ ފޭދޫ ޓީމް މޮޅުވީ ސީދާ 3 ސެޓުންނެވެ.

މެޗުގެ ކުއީން އޮފްދަ މެޗަކަށް ހޮވިފައިވަނީ މަރަދޫފޭދޫ ޓީމުގެ ޖާޒީ ނަމްބަރު 15 އާމިނަތު އަޒީމާއެވެ.
ހަތަރު ޓީމް ވާދަ ކުރާ މި މުބާރާތުގެ މެޗްތައް މިމަހުގެ 31 ވަނަ ދުވަހާްއި ހަމައަށް ކުރިއަށް ގެންދާނެ ކަމަށް މުބާރާތް އިންތިޒާމް ކުރާ ކޮމެޓީން މައުލޫމާތު ދެއެވެ.
މުބާރާތުގައި މިރޭ ކުޅޭނީ ފޭދޫ ޔޫތު ކޮމިޔުނިޓީއާއި، ފޭދޫ ހެލްތު ސެންޓަރެވެ. މެޗު ފަށާނީ މިރޭ 20:30 ގައެވެ.