Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

ކުޑަކުދިންނާއި އަންހެނުންތަކެއް ތިބި ދޯންޏެއް ފަރަކަށް އަރައިފި

ކުޑަކުދިންނާއި އަންހެނުންތަކެއް ގޮވައިގެން ދަތުރުކުރި ދޯންޏެއް ރ. އަތޮޅުގެ ފަރަކަށް އަރައިފިއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރ. އަތޮޅު މީދޫއަށް ދަތުރުކުރި ދޯންޏެއް އެރަށް ކައިރީ އޮތް ޅާމުގަލި ނަމަކަށް ކިޔާ ފަރަކަށް އެރިކަމުގެ މައުލޫމާތު މިރޭ 7:45 ހާއިރު ލިބިގެން އެ ސަރަހައްދުގައި އެމްއެންޑީއެފްގެ ކޯސްޓްގާޑެއް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެފޮޝަލް ވިދާޅުވީ އެދޯނިން ދަތުރުކުރި މީހުން އެމްއެންޑީއެފްގެ ކޯސްގާޑަށް ނަގައި ރ. މީދޫއަށް ގެންގޮސްފައިވާ ކަމަށެވެ.

މި ދޯންޏަކީ ރ. އިންނަމާދޫން ރ. މީދޫއަށް ދަތުރުކުރި ދޯންޏެކެވެ، މި ދޯނިން 22 މީހަކު ދަތުރުކުރިއިރު ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ.