ސަލްމާން ޚާންގެ ފިލްމް "ބާރަތް" ރިލީޒް ކުރާނީ 2019 ވަނަ އަހަރުގެ ފިތުރު އީދުގެ ތެރޭގައި ކަމަށް އޭނާ ހާމަކޮށްފި އެވެ.
ރިޕޯޓްތައް ބުނާގޮތުން މި ފިލްމް ޝޫޓް ކުރާނީ އަބޫދާބީ އާއި ސްޕެއިން އަދި ޕަންޖާބްގެ އިތުރުން ދިއްލީގައެވެ. މި ފިލްމްގެ ފުރަތަމަ މަސައްކަތްތައް ފުރިހަމައަށް ނިންމައި ކުރިއަށް އޮތް ތިން މަހުގެ ތެރޭގައި ފިލްމްގެ ކާސްޓް ހަމަޖައްސާނެ އެވެ.
#BreakingNews: Salman Khan books Eid 2019 for his upcoming release in & as #Bharat. Produced by Atul Agnihotri. Ali Abbas Zafar directs.
— taran adarsh (@taran_adarsh) October 24, 2017
މިއީ 2011 ގެ އީދުގައި ރިލީޒް ކުރެވުނު ބްލޮކްބަސްޓާ ފިލްމް "ބޮޑީގާޑް" އަށްފަހު ޕްރޮޑިއުސަރު އަތުލް އަގްނިހޯތްރީ ސަލްމާން އާއިއެކު މަސައްކަތް ކުރާނެ ފުރަތަމަ ފަހަރެވެ.
#Bharat shooting begins from April 2018 onwards. #SalmanKhan
— taran adarsh (@taran_adarsh) October 24, 2017
މީގެ އިތުރުން މި ފިލްމް ވެގެންދާނީ 2016 ވަނަ އަހަރުގެ އީދުގައި ރިލީޒް ކުރެވުނު ބްލޮކްބަސްޓާ "ސުލްތާން" އަށްފަހު ޑައިރެކްޓަރު އަލީ އައްބާސް ޒަފަރް ސަލްމާން އާއެކު މަސައްކަތް ކުރާ ފުރަތަމަ ފަހަރަށެވެ.
އަތުލް އަގްނިހޯތްރީ ޕްރޮޑިއުސްކޮށް އަލީ އައްބާސް ޒަފަރް ޑައިރެކްޓް ކުރާ މި ފިލްމްގެ ޝޫޓިން 2018 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ފެށޭނެ އެވެ.