Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

ޕޮލިސް ވޮލީ މުބާރާތުގެ ދެވަނަ މެޗް އެފްވައިސީއަށް

މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ނުސްރާ، ފޮޓޯ ސައުތު ޕޮލިސް ޑިވިޝަން ފޭސްބުކް ޕޭޖް

އައްޑޫ އަންހެނުން ތަރައްޤީ ކުރާ ކޮމެޓީ (ޑަބްލިޔުޑީސީ) އާއި އައްޑޫ ޕޮލިސް ގުޅިގެން ކުރިއަށް ގެންދާ ޑަބްލިއުޑީސީ ޕޮލިސް ވޮލީ ޗެމްޕިއަންޝިޕް 2017 މުބާރާތުގެ ދެވަނަ މެޗް މަރަދޫ ފޭދޫ ޔޫތު ކޮމިއުނިޓީ (އެފްވައިސީ)ގެ ޓީމް ކާމިޔާބްކޮށްފިއެވެ.

ފޭދޫ ވޮލީ ކޯޓުގައި ރޭ ކުޅުނު މެޗް ޔޫތު ކޮމިއުނިޓީ ޓީމް ކާމިޔާބް ކުރީ ފޭދޫ ސިއްހީ މަރުކަޒާއި ވާދަކޮށް 3-1 ސެޓުންނެވެ. މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ފޭދޫ ޔޫތު ކޮމިޔުނިޓީގެ ޖާޒީ ނަމްބަރ 7 ފާތިމަތު ނުސްރާއެވެ.

މުބާރާތުގައި މިރޭ ކުޅޭނީ ފޭދޫ ޔޫތު ކޮމިއުނިޓީ ޓީމާއި މަރަދޫ ފޭދޫއެވެ. މެޗް ފަށާނީ މިރޭ 8:30ގައެވެ.