Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

ބަޖެޓް ބަހުސް އިދިކޮޅު މެމްބަރުން ބޮއިކޮޓްކޮށްފި

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ - މަޖިލިސް

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓްގެ ބަހުސް އިދިކޮޅު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބޮއިކޮޓް ކޮށްފިއެވެ.

ސަރުކާރުން މިވަނީ 493 މިލިއަން ރުފިޔާ ބަޖެޓަށް އިތުރު ކުރުމަށް ފޮނުވާފައެވެ. މިއަދު ބަޖެޓަށް ބަހުސް ކުރާއިރު އިދިކޮޅު މެމްބަރުންގެ އިތުރުން ސަރުކާރަށް ތާއިދު ކުރާ ބައެއް މެމްބަރުންވެސް މަޖްލިސްއަށް ހާޒިރުވެފައި ނުވެއެވެ.

9 ޖަހާއިރު އާއްމުކޮށް މަޖްލިސް ފެށި ނަމަވެސް މިއަދު މަޖްލިސް ފެށިފައިވަނީ ތަންކޮޅެއް ލަހުންނެވެ. ބަޖެޓަށް ބަހުސް ކުރަމުން އަންނަ އިރު މަޖްލިސް ފްލޯގައި ތިއްބެވީ ސަރުކާރަށް ތާއިދު ކުރައްވާ 23 މެމްބަރެކެވެ. އެ މެމްބަރުން ގެންދަވަނީ ބަހުސް މަރުހަލާގައި އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

އަންގާރަ ދުވަހު ސަޕްލިމެންޓްރީ ބަޖެޓް ސަރުކާރުން މަޖްލިސްއަށް ހުށަހެޅިއިރު އިދިކޮޅު ފަރާތްތަކުން ގެންދިޔައީ އިހްތިޖާޖު ކުރަމުންނެވެ.

މިއަހަރު އަލަށް ބަޖެޓަށް އިތުރު ކުރާ 493 މިލިއަންގައި ހިމެނެނީ އާސަންދަ އަދި ބައި އެލެކްޝަންއަށް ބޭނުންވާ ފައިސާއެވެ.