Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

"ފާރިސްގެ ބަންދަށް 100 ދުވަސް، މިއީ ސީދާ އަނިޔާވެރިކަން"

ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް، ފޮޓޯ: ރާއްޖެއެމްވީ

ދިއްގަރު ދާއިރާގެ މެމްބަރ އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަހްމަދު ފާރިސް ބަންދުގައި ހުންނަތާ 100 ދުވަސް ހަމަ ވުމާއި ގުޅިގެން ބައްޕާފުޅު މައުމޫން ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޙައްޤަކާއި ނުލައި، އެއްވެސް މީހަކު ހައްޔަރުކޮށްފައި ބެހެއްޓުމަކީ ސީދާ އަނިޔާވެރިކަން ކަމަށެވެ.

މައުމޫން ވިދާޅުވީ ފާރިސް ކުރެއްވި ހަމައެކަނި ކަމަކީ، ސަރުކާރުގެ ބޭއިންސާފާ ދެކޮޅަށް އަޑުއުފުއްލެވުން ކަމަށެވެ.

ފާރިސް ހައްޔަރުކޮށްފައިވަނީ މަޖްލިސްގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މަޖްލިސް މެމްބަރުންނަށް ރިޝްވަތު ދެއްވި ކަމުގެ ތުހުމަތުގައެވެ.

ފާރިސް ހައްޔަރު ކުރުމާއި ގުޅިގެން އޭނާގެ ގާނޫނީ ޓީމުން މި މައްސަލާގައި ބޮޑެތި ސުވާލުތަކެއް އުފެއްދި ނަމަވެސް ކޯޓު ތެރެއިން އެކަމަކަށް ކުރިއެރުމެއް ނުލިބެއެވެ.

ދާދި ފަހުން ޖަލު މަރާމާތު ކުރުމަށްޓަކައި ފާރިސް ގެއަށް ބަދަލު ކުރުމަށްފަހު އަލުން އަނބުރާ ވަނީ ޖަލަށް ބަދަލުކޮށްފައެވެ.