ސަރުކާރުން ކޮންމެ އަހަރަކުވެސް ކުލަގަދަކޮށް ފާހަގަކުރާ މަސްވެރިންގެ ދުވަސް މިފަހަރު ހއ. އިހަވަންދޫގައި ފާހަގަކުރުމަށް ނިންމައިފިއެވެ.
ފިޝެރީޒް މިނިސްޓަރ، ޑރ. ޝައިނީ މިއަދު ކުރެއްވި ޓުވީޓެއްގައި މިއަހަރު މަސްވެރިންގެ ދުވަސް އިހަވަންދޫގައި ފާހަގަކުރުމަށް ނިންމާފައިވާ ކަމަށް ބުނެފައިވެއެވެ. އަދި އިހަވަންދޫއަކީ މަސްވެރިންގެ ވަރުގަދަ މުޖުތަމައެއް އޮންނަ ރަށެއްކަން ޝައިނީ ވަނީ ފާހަގަކޮށްފައެވެ.
ކޮންމެ އަހަރަކުވެސް ޑިސެމްބަރު މަހުގެ 10 ވަނަ ދުވަސް މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރެއެވެ. މިއީ މަސްވެރިން ކުރާ ބުރަ މަސައްކަތުގެ އަގު މުޖުތަމައު ތެރޭގައި ވަޒަންކޮށް، މަސްވެރިންގެ ހިތްވަރު އާލާކުރުމަށް ފާހަގަކުރެވޭ ދުވަހެކެވެ.
މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަސް ސަރުކާރުން ފާހަގަކޮށްފައިވަނީ ގއ. ގެމަނަފުށީގައެވެ.