Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

ބިދޭސީންނަށް ބިން މިލްކުކުރެވޭ އިސްލާހް ބަދަލު ކުރާނަން: އިންތި

ރާއްޖޭގެ ބިން ބިދޭސީންނަށް މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބަދަލު ކުރާނެކަމަށް މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރ އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދާ ޕެނަލް ޑިސްކަޝަންގައި އަމިއްލަ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިންތި ވިދާޅުވީ މި ރާއްޖޭގެ ބިން ބޭރު ބަޔަކަށް ވިއްކާލަން ބޭނުން ނުވާކަން ރާއްޖޭގެ ރައްޔިތުން ދައްކަދީފައިވާ ކަމަށެވެ.

އިންތި ވިދާޅުވީ ސައުދީއަށް ފ އަތޮޅު ވިއްކާލަން ސަރުކާރު އުޅުމުން ރައްޔިތުން ނިކުމެ އަޑު އުފުލައި އެކަން ހުއްޓުވިކަމަށެވެ. އެހެންވެ ކުރިއަށް އޮތް ދުވަސްތަކުގައި އަންނަ ސަރުކާރުން މަޖްލިސް މެދުވެރިކޮށް އެ އިސްލާހް ބަދަލުކޮށް ރައްޔިތުން ބޭނުން ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރާނެކަމުގެ ޔަގީންކަން އޮތް ކަމަށެވެ.

ރައީސް ޔާމީންގެ ރިޔާސީ ވައުދު ނަމުގައި ކުރިއަށް ގެންދާ ޕެނަލް ޑިސްކަޝަންގައި މި ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކަށް ޕެނަލިސްޓުން ދަނީ ފާޑު ވިދާޅުވަމުންނެވެ.